ޤާނޫނީ ވަކީލެއްގެ ހައިޘިންޔަތުން ވަކާލާތު ކުރުމުގެ ހުއްދަ 27 ފަރާތަކަށް ދެއްވައިފި

law

ޤާނޫނީ ވަކީލެއްގެ ހައިޘިންޔަތުން ވަކާލާތު ކުރުމުގެ ހުއްދަ 27 ފަރާތަކަށް ދެއްވައިފިއެވެ. މި ފަރާތްތަކަކީ:

 

1. ޢަނާނު އަޙްމަދު ރަޝީދު، ކަނެސްކާ/ މާލެ

2. މުނާ ޢާޞިމް، ދަފްތަރު ނަންބަރު 5059/ މާލެ

3. ޒުލައިޚާ ޝީޒާ، ފިތިރޯނުގެ/ ސ. ފޭދޫ

4. މަޚްޒޫމް ސަލީމް، ޝަބްނަމްގެ/ ކ. ކާށިދޫ

5. ނާފިޢާ ޢުޘްމާނު، މިރިހިމާގެ/ ބ. ތުޅާދޫ

6. މުޙައްމަދު ޖަމްޝީދު، ވެސްޓްލައިޓް/ ގދ. ތިނަދޫ

7. މައުފޫޒާ މުޙައްމަދު، މެންދުރަށްފޮޅޭމާގެ/ ސ. ހިތަދޫ

8. ހައްވާ މުޙައްމަދު، ދަފްތަރު. ނަންބަރު 1288/ މާލެ

9. ޢާރިފާ ސަޢީދު، ނިއޯލައިން/ ރ. އަލިފުށި

10. ފާޠިމަތު ޒުހުރާ، ފެހިވިލާގެ/ ނ. މަގޫދޫ

11. އާމިނަތު ޖަމީލާ، ނަލަމަލަ/ ލ. މާވަށް

12. ޢާއިޝަތު ރިއުޝާނާ، ޓޫލެޓް/ ގދ. ތިނަދޫ

13. މުޙައްމަދު ޝުޖާޢު ދިގުވާނޑު. ކަފިއަގެ/ ޏ ފުވައްމުލައް

14.  ޞަފްޢަތު ޙަބީބް، ރީގަލް/ ގދ. މަޑަވެލި

15.  އާމިނަތު ޒިދުނާ މުޙައްމަދު ރަފީޢު، ރަތްވިލާގެ/ ފ. ބިލެތްދޫ

16.  ޝުކުރުﷲ ޝަކީލް، ސިޔާމާ މަންޒިލް/ އއ. ފެރިދޫ

17.  ޙައްވާ ޝާޒްލީން، އީސްޓަންވިލާ/ އދ. މަހިބަދޫ

18.  ރިޙުލާ އަޙްމަދު، ހުސްނުހީނާގެ/ ރ. ކަނދޮޅުދޫ

19.  ޢާއިޝަތު ސުދާ، ކަންމަތީގެ/ ތ. ގުރައިދޫ

20.  އަޙްމަދު ނަޝާޠު، ގ. މައްސާގުގެ/ މާލެ

21.  މުލްޙާ ޢަލީ، ހޯދަޑު. ގޮފި/ ޏ.ފުވައްމުލައް

22.  ޚަދީޖާ ސަޢީދާ، ސައިރެސް/ ގދ. ފިޔޯރީ

23.  ޢާއިޝަތު އަޒްލީނާ، ހ. ސިއްކަގެ/ ކ.މާލެ

24.  ފާޠިމަތު ޒުރައިޤު މުޙައްމަދު، ގ. ރަސްރޯނު/ ކ.މާލެ

25.  މުޙައްމަދު ޙައްސާނު އަޙްމަދު، އޯސަންވޭވް/ ހއ. ތަކަންދޫ

26.  ކުލްޝޫމް ޢަލީ، ހ. މުޅަދޫގެ/ މާލެ

27.  ފާޠިމަތު ޝިރުވީން، މ. ލޭންޑްއޮފްގާރޑްން/ މާލެ

 ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިޘިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ރަސްމިއްޔާތު އޮތީ މިއަދު 14:30 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައެވެ. ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބައިވެރިވެ ވަޑައިގެންނެވި މި ރަސްމިއްޔާތުގައި އެޓަރނީ ޖެނެރަލް އޮނަރަބަލް އަލްއުސްތާޛު މުޙައްމަދު އަނިލްގެ ކުރިފުޅުމަތީގައި މި ފަރާތްތަކަށް ހުވާލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ އެވެ.

އަދި ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިޘިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ އެޓަރނީ ޖެނެރަލް އޮނަރަބަލް އަލްއުސްތާޛު މުޙައްމަދު އަނިލް އެ ފަރާތްތަކާ ޙަވާލުކުރެއްވެވި އެވެ.

މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި އިސްވެރިން އަދި އެޓަރނީ ޖެނެރަލް އޮފީހުގެ ޤާނޫނީ ވަކީލުންނާއި އިސް ވެރިން ބައިވެރިވެ ވަޑައިގަތެވެ.

ޤާނޫނީ ވަކީލުންގެ ސުލޫކީ މިންގަނޑު

ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވާ އެއްވެސް ޤާނޫނީ ވަކީލަކު ކޯޓުގެ ތެރޭގައިވެސް އަދި ކޯޓުން ބޭރުގައިވިޔަސް ކޯޓުތަކުގެ ފަނޑިޔާރުންގެ ޙުރުމަތް ކެނޑޭފަދަގޮތަކަށް ޢަމަލު ކޮށްގެންނުވާނެއެވެ.

lrdb