ޤާނޫނީ ވަކީލުންގެ އޮރިއެންޓޭޝަން ޕްރޮގްރާމާ ބެހޭ

ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލުންގެ ދަފްތަރުގެ ޖަދުވަލު 2 (ޓްރޭނީ ވަކީލުންގެ ޖަދުވަލު) ގައި ހިމެނޭ ޤާނޫނީ ވަކީލުން ދިވެހިރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ނިޒާމަށް އަހުލުވެރިކުރުމަށްޓަކައި ހިންގާ އޮރިއެންޓޭޝަން ޕްރޮގްރާމުގެ ފުރަތަމަ ބުރު 2017 ވަނަ އަހަރުގެ ޖަނަވަރީމަހުގެ 15 ވަނަ ދުވަހު ފެށުމަށް، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ ފަރާތުން ވަނީ ތާވަލުކުރައްވާފައެވެ.

މި ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަންނަވަން އެދިވަޑައިގަންނަވާ ޤާނޫނީ ވަކީލުން، އޮރިއެންޓޭޝަން ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ އެޕްލިކޭޝަންފޯމު ފުރިހަމަ ކުރައްވައި، ފޯމާ އެކުގައި ހުށަހަޅަންޖެހޭ ތަކެއްޗާއެކު، 2016 ނޮވެންބަރު 24 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރީން، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

އޮރިއެންޓޭޝަން ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމު ރަސްމީ ދުވަސްތަކުގައި އެކަޑަމީގެ އޮފީހުން ލިބިވަޑައިގަންނަވާނެއެވެ. އަދި މި އެކަޑަމީގެ ވެބްސައިޓް (www.judicialacademy.gov.mv) އިން ޑައުންލޯޑު ވެސް ކުރެއްވޭނެއެވެ.