ސ.މީދޫ ދޮންދީދީމަންޒިލް، އަލްއުސްތާޛް އަޙްމަދު ޠާލިބު ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން ވަގުތީގޮތުން މަނާކުރުން

އިޢުލާން

ސ.މީދޫ ދޮންދީދީމަންޒިލް، އަލްއުސްތާޛް އަޙްމަދު ޠާލިބު (އައިޑީކާޑު ނަންބަރު (A040031 އާ ގުޅޭގޮތުން ހުށަހެޅިފައިވާ ސުލޫކީ މައްސަލައެއް ބަލަމުންދާތީ، އެ މައްސަލައިގައި ވަކިގޮތެއް ކަނޑައަޅަންދެން 12 ނޮވެމްބަރ 2015 އިން ފެށިގެން ސ.މީދޫ ދޮންދީދީމަންޒިލް، އަލްއުސްތާޛް އަޙްމަދު ޠާލިބު (އައިޑީކާޑު ނަންބަރު (A040031 ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން ވަގުތީގޮތުން މަނާކޮށްފައިވާކަން ޢާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

30 މުޙައްރަމް 1437
12 ނޮވެމްބަރު 2015


އިޢުލާން ވިދާޅުވުމަށް

ޤާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތައް ޤާނޫނީ ވަކީލުންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރުމާ ބެހޭ

 198-L/2015/104 :ނަންބަރު

އިޢުލާން

04 ނޮވެމްބަރު 2015 ގެ ކުރިން ޤާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތައް
ޤާނޫނީ ވަކީލުންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރުމާ ބެހޭ

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު2015/SC-RU/03 (04 ނޮވެމްބަރު 2015) ރޫލިންގ ގެ ދަށުން "ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ޤަވާޢިދު" އަށް ޢަމަލުކުރަން ފެށުމާ ގުޅިގެން، ޤަނޫނީ ވަކީލުންގެ ދަފްތަރު މި ޑިޕާޓްމަންޓުން ބަލަހައްޓާ ގޮތަށް ހަމަޖެހިގެން ދިއުމާއެކު، މި ދަފްތަރު އެކުލަވައިލުމަށްޓަކައި، 04 ނޮވެމްބަރު 2015 ގެ ކުރިން ޤާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތައް ޤާނޫނީ ވަކީލުންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

ވީމާ، 04 ނޮވެމްބަރު 2015 ގެ ކުރިން ޤާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުން "04 ނޮވެމްބަރު 2015 ގެ ކުރިން ޤާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތައް ޤާނޫނީ ވަކީލުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަ ކުރައްވައި، ފޯމުގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު 31 ޑިސެމްބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި ޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ.

"04 ނޮވެމްބަރު 2015 ގެ ކުރިން ޤާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތައް ޤާނޫނީ ވަކީލުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" މި ޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

27 މުޙައްރަމް 1437
09 ނޮވެމްބަރު 2015


"04 ނޮވެމްބަރު 2015 ގެ ކުރިން ޤާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތައް ޤާނޫނީ ވަކީލުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް"

ޤާނޫނި ވަކީލު ޙުސައިން ޝަމީމް ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަގުތީ ގޮތުން މަނާކުރައްވައިފި

ޤާނޫނި ވަކީލު ޙުސައިން ޝަމީމް، ހ.ޝޭޑީ ކޯނަރ، ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަގުތީ ގޮތުން މަނާކުރައްވައިފިއެވެ. ޤާނޫނި ވަކީލު ޙުސައިން ޝަމީމް ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަގުތީ ގޮތުން މަނާކުރައްވާފައި މިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރާ ވަކީލުން ޢަމަލުކުރަންޖެހޭ ޤަވާޢިދުތައް ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2012/01/SC (03 ޖޫން 2012) ސަރކިއުލަރގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުއްވާފައިވާ "ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާ ބެހޭ ޤަވާޢިދު" ގެ 3.2 ގެ (ހ)، (ނ)، (ރ)، (ބ) އަދި (މ) އާ ޙުސައިން ޝަމީމް ޚިލާފުވެފައިވާކަމުގެ މައްސަލައެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބައްލަވަމުންދާތީ، އެ މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅުއްވަންދެނެވެ.

އިތުރަށް ވިދާޅުވުމަށް...

ޤާނޫނީ ވަކީލެއްގެ ހައިޘިންޔަތުން ވަކާލާތު ކުރުމުގެ ހުއްދަ 27 ފަރާތަކަށް ދެއްވައިފި

law

ޤާނޫނީ ވަކީލެއްގެ ހައިޘިންޔަތުން ވަކާލާތު ކުރުމުގެ ހުއްދަ 27 ފަރާތަކަށް ދެއްވައިފިއެވެ. މި ފަރާތްތަކަކީ:

އިތުރަށް ވިދާޅުވުމަށް...

ކޯޓުތަކުގައި ދައުލަތް ތަމްސީލްކުރުމާ ގުޅޭ ގޮތުން ޢާއްމު ސިޓީއެއް ނެރެފި

0 134250580521 news

ޤާނޫނުއަސާސީގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުކަމުގައި ކަނޑައަޅާފައިވާ ކަންކަން ފިޔަވައި އެހެން ކަންކަމުގައި ކޯޓުތަކުގައި ދައުލަތް ތަމްސީލުކުރާނީ ބަންޑާރަނައިބު ކަމުގައި ބަޔާންކުރައްވައި، އާންމު ސިޓީއަކުން އެކަން އަންގަވައިފިއެވެ.

އިތުރަށް ވިދާޅުވުމަށް...

މެޖިސްޓްރޭޓުންގެ ސަލާމުގެ ޗުއްޓީ ބެލެހެއްޓުމުގައި ޢަމަލުކުރާނޭގޮތުގެ އައު އުޞޫލު އާންމު ކުރައްވައިފި

Th. Vilifushi M Courtsމެޖިސްޓްރޭޓުންގެ ސަލާމުގެ ޗުއްޓީ ބެލެހެއްޓުމުގައި ޢަމަލުކުރާނޭގޮތުގެ އައު އުޞޫލު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އާންމުކުރައްވައިފިއެވެ. މިގޮތުން 31 އޯގަސްޓް 2015 އިން ފެށިގެން މެޖިސްޓްރޭޓުންގެ ސަލާމުގެ ޗުއްޓީ ބެލެހެއްޓުމުގައި ޢަމަލުކުރާންވީ ގޮތުގެ އުޞޫލު ތިރީގައި އެވަނީއެވެ.

އިތުރަށް ވިދާޅުވުމަށް...