ދައުލަތުން ދަޢުވާކުރާ ޖިނާއީ މައްސަލަތައް މަޑުޖައްސާލާފައި އޮތްއޮތުން ނިމުމަކަށް ގެނެސް، މައްސަލަތައް އަލުން ތާވަލުކޮށްދެއްވުމަށް އަލަށް ޢައްޔަންކުރެވުނު ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިސާމް އެދިވަޑައިގެންފިއެވެ.
ދައުލަތުން ދަޢުވާކުރާ ޖިނާއީ މައްސަލަތައް ކޯޓުތަކުގައި ހިންގުމަށް ބޭނުންވާ ބަޖެޓް ނެތުމާގުޅިގެން އެ މައްސަލަތައް ކުރިއަށް ނުގެންދެވުމަށް ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް މުހުތާޒް މުޙުސިން އެދިވަޑައިގެންނެވުމާގުޅިގެން ކޯޓުތަކުގައި ހުރި ދައުލަތުން ދަޢުވާކުރާ ޖިނާއީ މައްސަލަތައް ކުރިއަށް ގެންދިއުން އޮތީ މެދުކަނޑާލެވިފައެވެ. މައްސަލަތައް ތާވަލުކުރުން މެދުކަނޑާލެވިފައި އޮތީ ކަނޑުމަގުންނާއި ވައިގެމަގުން ދަތުރުކުރުމުގެ ޚަރަދުގެ ގޮތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ 2015 ވަނަ އަހަރުގެ ބަޖެޓަށް ލިބުނު ފައިސާ ހުސްވެފައިވާތީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މައްސަލަތަކުގައި ކޯޓުތަކަށް ދަތުރުކުރެއްވެން ނެއްތަކަމަށް އޭރުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވިދާޅުވުމާ ގުޅިގެންނެވެ.
އިޢުލާން
މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަޙްޤީޤް ކުރައްވަމުންގެންދަވާ މައްސަލައަކާ ގުޅިގެން، އެ މައްސަލައިގައި ވަކިގޮތެއް ކަނޑައަޅުއްވަންދެން 15 ނޮވެމްބަރ 2015 އިން ފެށިގެން، ސ.ހިތަދޫ / ބޯށިވަލުގެ އަލްއުސްތާޛް ޢަލީ އިބްރާހީމް (އައިޑީކާޑު ނަންބަރު A022117) އާއި، ގއ.ވިލިނގިލި / ބީޗްހައުސް އަލްއުސްތާޛް ޢަލީ ޝާހް (އައިޑީކާޑު ނަންބަރު A092898) ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން ވަގުތީގޮތުން މަނާކޮށްފައިވާކަން ޢާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.
03 ޞަފަރު 1437
15 ނޮވެމްބަރު 2015
އެއްވެސް ވަކީލަކު، އޭނާއާ އެއްވެސް ގުޅުމެއް ނުވަތަ އެމައްސަލައިގައި ހިމެނޭ ބަޔަކާމެދު އެއްވެސް ހިތްހަމަނުޖެހުމެއްއޮތް މައްސަލައެއްގައި، ވަކާލާތުކުރާނަމަ އެކަން އޭނާގެ މުވައްކިލަށް ސާފުކޮށް އަންގަންވާނެއެވެ.